ޚަބަރު

ރައީސް އޮފީހުގައި ރައީސް މުއިއްޒު ޒިނޭ ކުރާ ކަމުގެ ތުހުމަތު ކޮށްފި

އަޒީޒް އާމިރު
ރައީސް އޮފީހުގައި ރައީސް މުއިއްޒު ޒިނޭ ކުރާ ކަމުގެ ތުހުމަތު ކޮށްފި

ރާއްޖޭގެ މަޝްހޫރު ނޫހެއް ކަމުގައިވާ އަދަދު ނޫހުން ރޭގައި އާންމު ކުރި ޑޮކިޔުމެންޓްރީއެއްގައި ވާހަކަ ދައްކާ ފަރާތުން އޭނާ އާއި އެކު ރައީސް މުއިއްޒު ރައީސް އޮފީހުގައި ޒިނޭ ކޮށްފައިވާ ކަމުގެ ތުހުމަތު ކޮށްފިއެވެ.

މި ޑޮކިޔުމެންޓްރީގައި އައިޝާ (އަސްލު ނަމެއް ނޫން) މައުލޫމާތު ދިން ގޮތުގައި ރައީސް މުއިއްޒު އާއި އެކު އެލް ޝޭޕަކަށް އޮންނަ ސޯފާއެއްގައި އާއި ރައީސް އޮފީހުގެ މޭޒު މަތީ "ސެކްސް ކުރެއެވެ." ޒިނޭ އަށް ތުހުމަތު ކޮށް އޭނާ ކިޔައި ދިނެވެ.

ރައީސް މުއިއްޒު މިހާތަނަށް އާންމުންގެ މެދުގައި މަޝްހޫރުވެފައިވަނީ ވައްކަމާއި، ދޮގު ހެދުމުގައި ހައްދު ފަހަނަ އަޅާފައިވާ މީހެއް ގޮތުގައެވެ. ރައީސް މުއިއްޒު ކައިވެނި ބައްލަވައިގެން އުޅުއްވި އެއްކަމަކު މީގެ ކުރިންވެސް ވަނީ އެކި ފަރާތްތަކާއި އެކު ކައިވެނިން ބޭރުން ގުޅުން ހިންގާ ކަމުގެ އަޑުތައް ފެތުރިފައެވެ. މިގޮތުން ބައެއް ފަރާތްތަކާއި އެކު އޮންނަ ގުޅުމަށް ޝައްކު ކުރެވިގެން އެ ފަރާތްތައް ރައީސް މުއިއްޒުގެ އަނބިކަބަލުން ސާޖިދާގެ ނުފޫޒުން ވަޒީފާއިން ވަކި ކޮށްފައިވެއެވެ.

މި ތުހުމަތު ތަކަށް މިހާތަނަށް ރައީސް މުއިއްޒުގެ އެއްވެސް ޖަވާބެއް ނެތެވެ.

ރައީސް މުއިއްޒު ވަނީ ރައީސް އޮފީހުގެ ކަރާމާތް ކަނޑާލާފައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހެވެ. މުއިއްޒުގެ އޮފީހެއް ނޫނެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ސަލަފު އާއި އިތުރު 100 އިލްމު ވެރިންގެ ތާއީދާއި އެކުއެވެ.