ރައީސް މުއިއްޒަށް ސޯޝަލް މީޑިޔާގައި ސަނާ ކިޔައި، ކުށްތަކާއި ވައްކަން ފޮރުވައި ދޮގު ހަދައި، އަވަށްޓެރި ގައުމެއްގެ ވެރިއަކަށް ހުތުރު ބަހުން މުހަތަބުކޮށް ރާއްޖޭގެ ފަތުރުވެރިކަމަށް ބިލިއަން ޑޮލަރުގެ ގެއްލުން ދިނުމުގައި އެންމެ އިސްދައުރެއް އަދާކުރި މަލްޝާއަށް އެޗްޑީސީއިން ވަޒީފާގެ ކުރިއެރުން މުއިއްޒު ދީފިއެވެ.
މަލްޝާ ޕްރޮމޯޓް ކޮށްފައިވަނީ އެޗްޑީސީގެ މާކެޓިންގ ޑިރެކްޓަރުގެ މަގާމަށެވެ. ކުރިން މަލްޝާ ހުރީ އެސިސްޓަންޓް ޑިރެކްޓަރުގެ މަގާމުގައެވެ. މަލްޝާއަށް މިހާރު ވަނީ ވަކި ޑިޕާޓްމެންޓެއް އުފައްދައި، ވަކި ކޮޓަރި އެއް ހަމަ ޖައްސަ ދީފައި ކަމަށް އެޗްޑީސީއިން ދިޔަވަރު ނޫހަށް މައުލޫމާތް ދިން ފަރާތުން ހާމަ ކުރެއެވެ.
މަލްޝާ އަށް ވަޒީފާގެ ކުރިއެރުމާއި އެކު ބޭސިކް މުސާރަ އިނާޔަތްތައް ނުލައި 50 ހާސް ރުފިޔާ ދެއެވެ. މަލްޝާ އަށް ވަޒީފާގެ ކުރި އެރުން ދީފައިވަނީ މިދިޔަ މަހު 19 ވަނަ ދުވަހުއެވެ. (19 ފެބްރުއަރީ 2018) ގައެވެ. މަލްޝާ އަށް ދޭ 50 ހާހުގެ އިތުރުން އިތުރު އެލަވަންސް ލިބޭ އިރު، ސޯޝަލް މީޑިޔާ ގައި އިނދިކޮޅު ފަރާތްތަކާއި ގުޅޭ ގޮތުން ދޮގު މައުލޫމާތު ފެތުރުމަށް މުއިއްޒު އަމިއްލަ ޖީބުން ފައިސާ ދެއެވެ. މުއިއްޒު ދޭ ފައިސާ އަކީ ސަރުކާރު ކުންފުނިތަކުން ވަގަށް ނަގާ ފައިސާއެވެ. މަލްޝާ އަކީ އެޗްޑީސީގައި އެއްވެސް މަސައްކަތެއް ކުރާ ފަރާތެއް ނޫނެވެ. މަލްޝާ ދުނިޔޭގައި ނެތަސް އަދި މަލްޝާ އައްޔަންކޮށްފައިވާ މަގާމު ނުއުފަންނަ މަގާމަކަށް ވިއަސް އެޗްޑީސީ ހިނގާނެއެވެ.
ވަޒީފާގެ ކުރިއެރުން އެޗްޑީސީއިން މިހާރު ލިބެނީ މަލްޝާ އަންގާ ފަރާތްތަކަށް ކަމަށް އޭނާ ހާމަ ކުރިއެވެ. އަދި ކުންފުނީގެ އެމްޑީ އަލީ ޒުހައިރު މަލްޝާގެ ދަށުވެފައި ހުންނަ މައްސަލަ ވެސް އޭނާ ފާހަގަ ކޮށްފައި ވެއެވެ.
ކުންފުނި ހިންގުމުގެ ބަދަލުގައި އަލީ ޒުހައިރު މަސައްކަތް ކުރަމުން ދަނީ އާރުޑީސީއިން އޭނާއާއި އެކު ގެނައި 5 ވަގުންނާއި އެކުގައި އެޗްޑީސީ އިން ވައްކަން ކުރުމުގައެވެ. ރާއްޖޭގެ ތާރީޚުގައި އެޗްޑީސީ އަކީ ފައިދާ ވަމުން އަންނަ ކުންފުންޏަކަށް ވިއަސް މިހާރު އެޗްޑީސީ ހިންގަނީ ގެއްލުމުގައެވެ. މި ގެއްލުމަކީ ވައްކަމާއި ވައްކަމާއި ކޮރަޕްޝަނުގެ ތެރެއިން ކުންފުންޏަށް ވަމުންދާ ގެއްލުމެކެވެ. މީގެ އިތުރުން މަލްޝާ ފަދަ އެއްވެސް މަސައްކަތެއް ނުކުރާ އެތައް ސަތޭކަ ބައެއް ވަޒީފާއަށް ނެގުމުގެ ސަބަބުން އެކުންފުންޏަށް ވަމުންދާ ގެއްލުންކަން މާލީ ހިސާބުތަކުން ސާފުވެއެވެ.