ޚަބަރު

އިންޑިޔާއޭ ކިޔައިގެން ދޮގު ފަތުރައިގެން އަޒާން ގެނައި ވެރިކަމުން ދިވެހިރާއްޖެ 60 އަހަރު ފަހަތަށް: ހުރިހާ ނިކަމެތި ކަމެއް ރައްޔިތުންނަށް

އަޒީޒް އާމިރު
އިންޑިޔާއޭ ކިޔައިގެން ދޮގު ފަތުރައިގެން އަޒާން ގެނައި ވެރިކަމުން ދިވެހިރާއްޖެ 60 އަހަރު ފަހަތަށް: ހުރިހާ ނިކަމެތި ކަމެއް ރައްޔިތުންނަށް

ރައީސް މުއިއްޒުގެ ވެރިކަން ބިނާވެގެން އައީ ދޮގެއްގެ މައްޗަށެވެ. އެއީ އިންޑިޔާ މިލިޓަރީ ރާއްޖޭގައި ތިބި ކަމަށާއި، ރާއްޖޭގައި އެތައް ހާސް އިންޑިޔާ ސިފައިން ތިބި ކަމަށް ބުނެ ދެއްކި ދޮގު ވާހަކަ ތަކެވެ. ރައީސް މުއިއްޒަށް ވެރިކަން ލިބުމުން ވެރިކަމުގެ ތަރަހަ އެޅުއްވީވެސް އަޒާން އުފެއްދި އެ ދޮގު ތަކުގެ މައްޗަށެވެ.

އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ ރާއްޖޭގެ އަގު އެފްރިކާ ބައްރުގެ އެންމެ ޖުންޓާއިންގެ ވެރިކަން ހިނގާ ގައުމުތަކަށް ވުރެ، ޑިޕްލޮމަސީ ދަށް ތަންދޮރު ނުދަންނަ ގައުމެއް ގޮތުގައި ސިފަވެގެން ދިޔުމެވެ.

ދުނިޔޭގެ ބާރުތައް މަލްޓިޕޯލާރ ދުނިޔެއަކަށް ބަދަލުވެގެން ދިޔައީ ފާއިތުވި 3 އަހަރު ތެރޭގައެވެ. އިންޑިޔާއިން އެމެރިކާއާއި އޮތް ގުޅުން ދޫކޮށް، މުސްތަގިއްލުކަން އިތުރު ކުރިއެވެ. ދުނިޔޭގެ ބޮޑު ބާރުތަކުގެ ތެރޭގައި ހިމެނޭ ބާރެއް ގޮތުގައި އިންޑިޔާ ހިމެނިގެން ދިޔުމެވެ.

އަޒާންގެ ދޮގުގެ މައްޗަށް ގެނައި ވެރިކަމުގައި ރައްޔިތުންނަށް ބޭހެއް ނުލިބެއެވެ. އަޒާންގެ ދޮގުގެ މައްޗަށް ގެނައި ވެރިކަމުގައި ރާއްޖޭގެ ތާރީޚުގައި ތަކެތީގެ އަގު ބޮޑު ނުވާވަރަށްވުރެ ބޮޑުވެގެން ދިޔައެވެ. އަޒާންގެ ދޮގުގެ މައްޗަށް ގެނައި ވެރިކަމުގައި ތުރުކީއިން ރާއްޖެއަށް މިލިޓަރީ ބޯޓެއް އަދި ޑްރޯން ގެނެސް އެތަކެތި އޮޕަރޭޓު ކުރުމުގެ ނަމުގައި ރާއްޖޭގައި ގާއިމު ވިއެވެ. އަޒާންގެ ދޮގުގެ މައްޗަށް ގެނައި ވެރިކަމުގައި ރާއްޖޭގެ ތާރީޚުގައި ވައްކަމާއި ފަސާދަ ދުވަހަކު ނުހިނގާ މިންވަރަށް ވަނީ މިހާރު ހިނގާފައެވެ. އަޒާންގެ ދޮގުގެ މައްޗަށް ގެނައި ވެރިކަމުގައި ފަހަރަކު ކަމެއް ގޯހުން ގޯހަށް ދިޔައިރު ހުރީ މުޅި އާއިލާއަށް ވަޒީފާގެ ރިޝްވަތު ބަހައިގެންނެވެ، ސަރުކާރު ތެރެއިން ލިބެންހުރި ހުރިހާ މަންފާއެއް ހޯދައިގެން ދިޔަރެސް ނޫހަށް އިންތިހާއަށް އިސްތިހާރު ހޯދައިގެންނެވެ. އަޒާންގެ ދޮގުގެ މައްޗަށް އުފެއްދި ސަރުކާރަށް ރައްޔިތުން ނުކުމެ ވެރިކަން ދެބައިވިތަނާ %70 ނޫނެކޭ ބުނެފިއެވެ.

އަޒާން ގެނައި ވެރިކަން ދިފާޢު ކުރުމުގައި އަޒާން އުޅުން ނޫން ކަމެއް ނުކުރައެވެ. ސަރުކާރު ޒިންމާދާރު ކުރުވަން ކުޑަ ނަމަވެސް ބަހެއް ބުނެލަން ނުކެރެއެވެ. ފިނޑިކަން ހުރީ އިނތިހާއަށެވެ. އަޒާނަށް ނުކުމެ ފުއްޕަން ކެރުނީ އެމްޑީޕީގެ ވެރިކަމުގައެވެ. މުއިއްޒުގެ ވެރިކަމުގައި ހުރީ މުއިއްޒުގެ ފައިންޕުޅުގައި ދޫލާށެވެ. ރައްޔިތުން ނޫނެކޭ ބުނީ ހަމައެކަނި މުއިއްޒަށް ނޫނެވެ. އޭނޫނެކޭ ބުނީ އަޒާން އަށެވެ. އަޒާންގެ ދޮގު ތަކަށެވެ. އަޒާން ގިރިޓީކޮށް ދެއްކި ނުބައި މަންޒަރަށެވެ. އިންޑިޔާއޭ ބުނެ ހެދިހާ ރޯ ބުހުތާނު ދޮގުތަކަށެވެ.