މުއިއްޒު ވެރިކަމަށް ވަޑައިގެން ގާތް ފަރާތްތަކާއި ހިއްސާ ކޮށްފައިވާ ވާހަކަ ތަކުގައި އޭނާ ސިޔާސީ މީހުން ހައްޔަރުކޮށް ޖަލަށް ނުލާނެ ކަމަށް ހާމަ ކުރިއެވެ. އޭނާގެ ނަމުގައި އަނިޔާވެރިއެއްގެ ލައް ނުޖައްސާނެ ކަމަށް ދިޔައީ ބުނަމުންނެވެ.
ނަމަވެސް ނޫސްވެރިންނާއި ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލަމުންދިޔަ ފަރާތްތައް އެހެރީ ޖަލުގެ ގޮޅީގައެވެ. މިއަދު ޖަލުން ނުކުތް ޝަހުޒާން ހާމަ ކުރީ އޭނާ ޖަލު ގޮޅީގައި އޮއްވައި އޮފިސަރުން ވައްދައިގެން ބިރު ދެއްކި ވާހަކައެވެ.
ނޫސްވެރިންގެ މިނިވަން ކަމަށް ގޮވާލި އާންމު ރައްޔިތުން ގެންގޮސްލީ އެންމެ ބޮޑެތި ކުށްވެރިންނާއި އެއް ގޮޅިއަށެވެ. ކޮޅި ތަކުގައި ސިޔާސީ ފަރާތްތައް އެކަހެރި ކޮށްގެން ނަފްސާނީ ގޮތުން ބިރުދެއްކިއެވެ. ޖަލުގައި ލިބެން ޖެހޭ ހައްޤުތަކަށް އަރައިގަތެވެ. ކޮންމެ ރެއަކު ނިދުމަށް ހުރަސް އެޅިއެވެ. ޝަހުޒާންގެ ބަހުން ނަމަ އޮފިޝަލުން ފޮނުވައި ދަންވަރު ވަގުތު ތަކުގައި ޖަލު ގޮޅިއަށް ހަމަލާދީ އަނިޔާވެރިކަން މުއިއްޒު އިންތިހާއަށް އިސްކުރިއެވެ.
ސިޔާސީ ދައުވާތައް މިހާރުވެސް ހުރީ ފިޔާޒު އާއި އަދަދު ނޫހުގެ އެޑިޓަރުގެ މައްޗަށް ފުންޏަށެވެ. ކުރަންވީ ދައުވާއަށް ދަންދެން ކިޔާދެނީ މުއިއްޒުއެވެ.
މުއިއްޒު އަކީ އަނިޔާވެރިއެކެވެ. ރާއްޖޭގެ ތާރީޚުގައި މުއިއްޒުގެ ނަން ލިޔެވިގެން ދާނީ ސިޔާސީ ފަރާތްތަކާއި ނޫސްވެރިން ޖަލަށް ލައި އަނިޔާ ކުރި ޒާލިމެއް ގޮތުގައެވެ.