ޚަބަރު

ޖަލުގައި މަރުވި ދެ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވައިފި

ރަފްޝާ އަހްމަދު
ޖަލުގައި މަރުވި ދެ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވައިފި

ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ހިންގާ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް، މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން މަރުވި ދެ ގައިދީންގެ ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

މި މަހުގެ 2 ވަނަ ދުވަހު މަރުވި މި ދެ ގައިދީންގެ ހަށިގަނޑު އާންމު އުސޫލުގެ މަތިން ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަން ފުލުހުން ކުރިން ވެސް ބުނެފައިވެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އިއްޔެގެ ވަގުތެއްގައި މި ދެ ހަށިގަނޑު ވެސް ވަނީ އިންޑިއާއަށް ގެންގޮސްފައެވެ.

މަރުވި ދެ ގައިދީންނަކީ:

  1. އިބްރާހިމް ސުހެއިލް (53 އަހަރު) - ދަފްތަރު ނރ. 439
  2. ހަސަން ނިޔާޒް (45 އަހަރު) - ދިއްގާގަސްދޮށުގެ/ސ. ހިތަދޫ


ކަރެކްޝަންސްއިން މީގެ ކުރިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ދެ ގައިދީން މަރުވި ސަބަބުތަކުގައި ތަފާތުތަކެއް ހުއްޓެވެ.

ގައިދީގެ ނަންމަރުވި ވަގުތުކަރެކްޝަންސްއިން ދެއްވި ސަބަބު

އިބްރާހިމް ސުހެއިލް - ހެނދުނު 9:05

ހާލު ދެރަވެގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ހަފްތާއެއްވަންދެން ފަރުވާ ދެނިކޮށް ނިއުމޯނިއާ ޖެހިގެން.

ހަސަން ނިޔާޒު - މެންދުރުފަހު 2:05

ދިމާވި **"ކުއްލި މެޑިކަލް އެމަޖިންސީއެއް"**ގެ ސަބަބުން. (ފާހާނާތެރެއަށް ވެއްޓި ހޭނެތިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔައީ)


ހަސަން ނިޔާޒުގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށް ދައްކާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.

ކަރެކްޝަންސްގެ ރަސްމީ ޖަވާބު: "ޕްރިޒަން ސިސްޓަމް ތެެެރެއިން އެއްވެސް ގައިދީަކަށް އަނިޔާ ނުކުރާނެ. އެއީ ވަރަށް ހަރުކަށިކޮށް ބަލާ ކަމެއް."

މި ހާދިސާއާ ގުޅިގެން ދެ ގައިދީންގެ މަރުގެ ހަގީގީ ސަބަބު ދެނެގަނެވޭނީ އިންޑިއާއިން ހަދާ ޕޯސްޓްމޯޓަމްގެ ރިޕޯޓަށް ފަހުގައެވެ.