ޚަބަރު

ފެނަކަ އެމްޑީ ނަޖާހު ވަކި ކުރި އިރު ފެނަކައިގެ މަހު މުސާރަ 24 މިލިއަނުން 100 މިލިއަނަށް ވަނީ އަރުވާފައި

ރަފްޝާ އަހްމަދު
ފެނަކަ އެމްޑީ ނަޖާހު ވަކި ކުރި އިރު ފެނަކައިގެ މަހު މުސާރަ 24 މިލިއަނުން 100 މިލިއަނަށް ވަނީ އަރުވާފައި

ފެނަކަ އެމްޑީ ނަޖާހު މަގާމުން މިއަދު ވަކި ކުރި އިރު ފެނަކައިގެ މަހު މުސާރަ 24 މިލިއަނުން 100 މިލިއަނަށް އަރުވާފައިވާކަށް ދިޔަވަރު ނޫހަށް ލިބުނު މައުލޫމާތުން ހާމަ ވެއްޖެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ފެނަކައިން ސިޔާސީ މަގާމު އުފެއްދިއެވެ. ނަމަވެސް ޔާމީނުގެ ދައުރު ނިމުނު އިރު ސިޔާސީ އައްޔަން ކޮށްފައި ތިބި މީހުން ހިމަނައިގެން މަހު މުސާރަ 24 މިލިއަނުން މައްޗަށް ނާރައެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި ފެނަކައަށް އިތުރު މުއައްޒަފުން ނެގުނެވެ. އަދި މަހު މުސާރަ އިތުރުވެގެން ދިޔައެވެ. މި އަދަދުގެ ތަފްސީލް ލިބިފައި ނުވި ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި ފެނަކައަށް ރިކޯޑު އަދަދަކަށް ރައީސް މުއިއްޒު ވަނީ މީހުން އައްޔަން ކޮށްފައެވެ.

ފެނަކައަށް މުއިއްޒު ނަގާފައިވާ ގިނަ ބަޔަކު ވަޒީފާއަށް ޚާޒިރުވާން ނުޖެހެއެވެ. ވައިބާ ފްރޫޕަށް މެސެޖް ފޮނުވާލީމާ ނިމުނީއެވެ. ރަށްރަށަށް ޕީއެންސީ ޓީމްތައް ގޮސް ވަޒީފާ ޙައްޤުނުވާ އެތައް ހާސް ބަޔަކަށް ވަޒީފާ ދީ، އަދި މަސްވެރިންނާއި، އިޤްތިޞާދީ އެހެން ފަންނުތަކުގައި މަސައްކަތް ކުރާ ފަރާތްތައް މަސައްކަތު ނުކުންނަށް ނުޖެހޭ ގޮތަށް ފެނަކައިން ބޮޑު މުސާރައާއި އެކު މަގާމުތައް ދީފައި ވުމުން ރާއްޖޭގެ އިޤްތިޞާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

ވަޒީފާއާއި، ފައިސާއިން ވެރިކަމުގައި ހުރެވޭނެ ކަމުގެ އުންމީދުގައި ރައީސް މުއިއްޒު ހުންނެވި އިރު، %70 ރައްޔިތުން ރިފަރަންޑަމްގައި މުއިއްޒަށް ނޫނެކޭ ބުނެ ވަނީ ބަލިކޮށްފައެވެ.