ޚަބަރު

މުއިއްޒުގެ މަންމާފުޅު މުލިއާގެއަށް ވަނުން މަނާކޮށްފި

ރަފްޝާ އަހްމަދު
މުއިއްޒުގެ މަންމާފުޅު މުލިއާގެއަށް ވަނުން މަނާކޮށްފި

ރައީސް މުއިއްޒުގެ މަންމާފުޅު މުލިއާގެއަށް ވަނުން ސާޖިދާ މަނާކޮށްފި ކޮށްފި ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ. މައުލޫމާތު ލިބޭ ގޮތުގައި މުއިއްޒުގެ އާއިލާގެ ބޭފުޅުންނާއި މެދު ސާޖިދާ އަމަލު ކުރަމުން ދަނީ އިންތިހާއަށް ބޭއިންސާފުން އަދި ނުބައިކޮށެވެ.

މުއިއްޒުގެ މަންމާފުޅު މުލިއާގެއަށް ވަނުން މަނާކޮށްފައިވަނީ ސާޖިދާ ކޮންކަމަކާއި ހިތްހަމަ ނުޖެހިގެން ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް މުލިއާގެއަށް ނައުމަށް އަންގާފައި ވާކަމަށް ވެއެވެ.

ދާދި ފަހުން މުއިއްޒުގެ އާއިލާ ބޭފުޅެއް ކަމުގައިވާ އަލީ އާރިފް މަގާމުން ވަކިކޮށްފައިވަނީވެސް ސާޖިދާގެ ނުފޫޒުން ކަމަށް ވެއެވެ.

ވެރިކަމަށް މުއިއްޒު ވަޑައިގެންނެވި އިރު ދޮންމަންމަ އާއި މެދު މުއިއްޒު އަމަލު ކުރެއްވި ގޮތް އޭރު ބޭޒާރުވެ ފާޑު ކިޔުން އަމާޒުވިއެވެ. އެގޮތުން ލަންކާގައި ދިރިއުޅުއްވާ ދޮންމައްމަ ރާއްޖެއަށް ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްފައިވަނީ މުއިއްޒު މިނިސްޓަރު ކަމުގައި ކަމުގައި މުއިއްޒުގެ ނުފޫޒުންނެވެ.

މުއިއްޒުގެ އާއިލާ މީހެއް ކަމަށްވާ ޤާލިބު އާއި މުއިއްޒު އާއި ޖެހުނު މައްސަލާގައިވެސް ފަހަތުގައި ހުންނެވީ ސާޖިދާ ކަމަށް ޤާލިބު ހާމަ ކުރެއްވައެވެ. މުއިއްޒުގެ އާއިލާގެ ބައެއް ބޭފުޅުން ބަލިވެ، ބޭހަށް ސަލާން ޖަހަމުން ދާއިރުވެސް ރައީސް މުއިއްޒު ވެރިކަމުގައި ހުރެ އެހީތެރި ވެފައި ނުވާކަމަށް އެރަށުން ވާހަކަ ދެއްކި ފަރާތެއް ހާމަ ކުރެއްވިއެވެ.

އަމިއްލަ ދޮންމައްމައަށް، މައްމައަށް އަދި އާއިލާގެ މީހުންނަށް ނެތް ކުލުނެއް އޯގާތެރި ކަމެއް މުއިއްޒު އާއި ސާޖިދާގެ ކިބައިން ރައްޔިތުންގެ މައްޗަށް ނުފެންނާނެ ކަމަށް ގިނަބަޔަކު ދެކެއެވެ.