އެއްވެސް ރަށަކަށް ރައީސް މުއިއްޒު ދާކަށް ނުޖެހޭ ކަމަށާއި، ވަޒީފާ ދިނުމުން ރާއްޖެތެރޭ މީހުން ވޯޓު ލާނެ ކަމަށް އަލީ އާރިފު ވިދާޅުވެއްޖެއެވެ. އަލީ އާރިފް މިހެން ވިދާޅުވި ޕީއެންސީގެ ބައެއް މަޖިލީސް މެމްބަރުން ކެމްޕެއިނާއި މެދު ކުރި ޝަކުވާއަކާއި ގުޅިގެން ދިން ޖަވާބެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި ބައެއް ރަށްރަށުގައި އެއްމެ އާއިލާއެއްވެސް ނުހުންނާނެ ކަމަށާއި ވަޒީފާ ނުދީ، ކޮންމެ އާއިލާއަކުން މަދުވެގެން އެކަކަށް މިހާރު ވަޒީފާ ދީފައިވާ ކަމަށް އޭނާ ހާމަ ކުރިއެވެ. އެހެންކަމުން އެއީ ޔަގީން ވޯޓު ކަމަށާއި ކަންބޮޑުވާ ދާއިރާތަކަށް އޮތީ އައްޑޫ އާއި ތިނަދޫ އެކަނި ކަމަށް އަލީ އާރިފު ވިދާޅުވި ކަމަށް މި ބައްދަލުވުމުގައި ހުރި ފަރާތަކުން ކިޔައި ދިނެވެ.
އަލީ އާރިފް މިހެން ވިދާޅުވެފައިވާއިރު، ކެމްޕެއިނާއި ގުޅިގެން ތިމަން މަނިކުފާނަކީ ރަށްރަށަށް ވަޑައި ގަންނަވާ މީހެއް ނޫންކަމަށް ބުނެ ވަނީ މުއިއްޒު ވަނީ ދާދި ފަހުން ޕްރެސް ކޮންފެރަންސް އެއްގައި ވާހަކަ ދައްކާފައެވެ. އެހެންކަމުން މިއީ ރައީސް މުއިއްޒުގެ ސީދާ ވިސްނުން ފުޅުކަން ސާފުވެއެވެ.
އަލީ އާރިފަކީ މީގެ ކުރިން ރައްޔިތުން ގަރުދިޔާއި ބަތާއި ކައިގެން ތިބުމަށް ރައީސް މުއިއްޒު އިންތިޒާމުކޮށްގެން ބެއްވި ހާއްސަ ޖަލްސާއެއްގައި ގޮވާލި ފަރާތެވެ.
މި ދުވަސްކޮޅު މި ޖެހެނީ އެއްކަލަ އަޅުގަނޑުމެން އަބަދު ޓޭކްއަވޭ ހަދައިގެން ކޭކެއުން ހުއްޓާލާފައި، ކޮންމެވެސް ވަރަށް ގޭތެރޭގައި އަމިއްލަ އަށް ގަރުދިޔަ އާއި ބަތާ ކައްކައިގެން ކާލައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަށް ތިރިވެލުން،
ރައީސް މުއިއްޒުގެ ދެބޭންގެ ދެދަރި އަލީ އާރިފު އެރޭގެ ޖަލްސާގައި ވިދާޅުވި އެވެ.