މަލްޝާއަކީ މުންކަރާތްތައް ފާހަގަ ކުރާ މީހެއް ކަމަށް ޝިއުނާ ބުނެފިއެވެ. ޝިއުނާ އާއި ޚިލާފަށް މަލްޝާއަކީ އަބަދުވެސް މެދުމިނެއްގެ މީހެއް ކަމަށް ބުނެ މީހަކު ކޮށްފައިވާ ޓްވީޓް އަކަށް ރައްދު ދެމުން، ޝިއުނާ ވަނީ މަލްޝާ އަކީ މުންކަރާތްތަކަށް އަރައިގަންނަ މީހެއް ކަމަށް ބުނެ ވަރަށް ހުތުރުކޮށް މަލްޝާއަށް މުއާމަލާތްކޮށްފައެވެ.
ޝިއުނާ އަކީ ބޮޑު ބުރުގާ އަޅައިގެން މީހުންގެ އަބުރާއި އިއްޒަތަށް އަރައިގަންނަމުންދާ މީހެކެވެ. އަދި ގިނަ ބަޔަކާއި އެކު ގާތް ގުޅުންތަކެއް ބާއްވާފައިވާ ކަމަށް ސޯޝަލް މީޑިޔާގައި ޝިއުނާ އަށް ވަނީ އެކި ފަރާތްތަކުން ތުހުމަތު ކޮށްފައެވެ. މި ގޮތުން މުއިއްޒު އާއި އަދި ފަހުން އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް އާއި އަދި އަޒާނު އާއި އެކުވެސް ގާތް ގުޅުންތަކެއް ޝިއުނާ ބާއްވާފައިވާ ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ވަނީ މީގެ ކުރިން އެވާހަކަ ދައްކާފައެވެ.
ރުހާޔާ ކޮށްފައިވާ ޓްވީޓްއަށް ޝިއުނާ ބުނެފައިވަނީ "މަ ބޭނުމެއް ނޫން އެމްޑީޕީ މީހުންގެ ހިތްރުހުން ހޯދަން މުންކަރާތް ސެލެބްރޭޓް ކުރާކަށް. އެއަށް އެކްސްޓްރީމް" އޭ ކިޔަސް.
ޝިއުނާ އަކީ އަޚުލާގީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ފަރާތެކެވެ. އެއްވެސް މީހަކަށް އިޚްތިރާމެއް އަދި އެންމެ ގާތް މީހާއަށްވެސް ބަލާލުމެއް ނޯވެއެވެ. ޝިއުނާ އަކީ ރާއްޖޭގެ ގިނަ ބަޔަކު އޭނާ އަށް ނަފްރަތު ކުރާ މީހެކެވެ. އަދި މުއިއްޒުގެ ލާދީނީ އަދި އަނިވެރިކަމަށް ހިތްވަރުދެމުންދާ މީހެކެވެ.
މަލްޝާ މިވަގުތު ހުރީ ކުޑަރިކުލުގައި އީދު އުފާ ފާހަގަ ކުރުމަށެވެ. އިސްލާމް ދީނުގައި އީދު ފާހަގަ ކޮށް އެކަމާއި ގުޅުވައިގެން ހިންގާ ސަގާފީ ދީނާއި ޚިލާފު ނޫން ހަރަކާތްތައް ބޭއްވުމަކީ ހަރާން ކަމެއް ނޫނެވެ. މަލްޝާ ސޯޝަލް މީޑިޔާއިން އިން ފެނިގެން ދިޔައީ ކުޑަރިކުލުގައި ލޫކަސް ޖަލީލް (ޝައްމޫނު) އާއި އެކީ ހުއްޓައެވެ.