ޚަބަރު

މިރަށުން ސާޖިދާ ފެނުމުން ހަނދާންވީ މުއިއްޒު އެ އަންހެން ކުއްޖާ އާއި އެކު ރައީސް އޮފީހުގައި އުޅުނު މުޑުދާރު ގޮތް. ސާޖިދާ އަކީ ލަދެއް ހުންނަ މީހެއް ނޫން: ކުޅުދުއްފުށީ ކަނބަލެއް

ރަފްޝާ އަހްމަދު
މިރަށުން ސާޖިދާ ފެނުމުން ހަނދާންވީ މުއިއްޒު އެ އަންހެން ކުއްޖާ އާއި އެކު ރައީސް އޮފީހުގައި އުޅުނު މުޑުދާރު ގޮތް. ސާޖިދާ އަކީ ލަދެއް ހުންނަ މީހެއް ނޫން: ކުޅުދުއްފުށީ ކަނބަލެއް

މިރަށުން ސާޖިދާ ފެނުމުން ހަނދާންވީ މުއިއްޒު އެ އަންހެން ކުއްޖާ އާއި އެކު ކައިވެނިން ބޭރުން ރައީސް އޮފީހުގައި އުޅުނު މުޑުދާރު ގޮތް ކަމަށް ޕީއެންސީ އަށް ނިސްބަތްވާ ކުޅުދުއްފުށީ ކަނބަލެއް މިނޫހަށް މައުލޫމާތު ދެމުން ކިޔައިދީފިއެވެ.

އެހެން އަންހެނަކާއި އެކު ތިމާގެ ފިރިމީހާ ޒިނޭ ކުރާ ވާހަކަ އެކަން ކުރި އަންހެން ކުއްޖާ ކިޔައިދިނުމުން ޖެހިގެން އައި ދުވަހު އައިސް ހުރީ މިރަށަށް ކަމަށާއި، އެއިން އެނގުނީ މުއިއްޒު އާއި މުއިއްޒު އަންހެނުންނަކީ އިންސާނީ މުޖުތަމައުގައި އުޅެން ހެޔޮވާ ވަރުގެ ލަދު ހަޔާތް ހުރި ބައެއް ނޫން ކަމަށް އޭނާ ކިޔައިދިނެވެ.

"މަށަށް ހަމަ ފެންނަނީ އެ ޑޮކިޔުމެންޓްރީ ދިން ކުއްޖާ. މުއިއްޒު އުޅުނު ގޮތް. އެއްވެސް ކަހަލަ ލަދެއްވެސް ސާޖިދާ ނުގަންނާތީތާ އެހެން އާންމުންގެ ކުރިމައްޗަށް ނުކުމެ އުޅެން ކެރޭނީ" ކުޅުދުއްފުށިން ވާހަކަ ދެއްކި ފަރާތުން ކިޔައި ދިނެވެ.

ކައިވެންޏަކީ މާތް ގުޅުމެއް ކަމަށާއި، ސާޖިދާ އަށް އެހެން އުޅެން ކެރެނީ ސާޖިދާވެސް މުއިއްޒު އުޅޭހެން އުޅޭތީ ކަމަށް އޭނާ ތުހުމަތު ކުރިއެވެ. މީގެ ކުރިން ސާޖިދާއާއި އޭނާގެ ބޮޑީ ގާޑެއް އައްޑޫގައި އެކަހެރިވި ކަމަށް ބަލައި، އެ އެމްއެންޑީއެފް މީހާގެ މައްސަލަ ފުލުހުން ބެލިކަމަށް މާލެ ތެރޭގައި ވާހަކަ ދެކެވުނެވެ.

މުއިއްޒު ރައީސް އޮފީހުގައި "ސެކްސް ކުރި" އަންހެން ކުއްޖަކާއާއި އެ ގުޅުން އޮންނަ ވާހަކަ މުޅި ރާއްޖޭގައި ދެކެވޭތާ އެތައް ދުވަހެއް ފަހުން އެ އަންހެން ކުއްޖާ ވަނީ އަދަދު ނޫހަށް އިންޓަވިއު އެއް ދީފައެވެ.

މުއިއްޒު ވަނީ އެ އަންހެން ކުއްޖާ އާއި އިންނާނެ ކަމަށް ބުނެ، ދޮގު ހަދައި އޮޅުވާލައިގެން ޖިންސީ އެދުން ހާސިލް ކުރުމަށް ފަހު އެ އަންހެން ކުއްޖާއާއި ގުޅުން ކަނޑާލާފައި ކަމަށް އޭނާ ދީފައިވާ އިންޓަވިއު ގައި މުއިއްޒަށް ތުޚުމަތު ކޮށްފައިވެއެވެ. މި އަންހެން ކުއްޖާއަކީ މުއިއްޒުގެ ދޮށީ އަންހެން ދަރިއާއި އެއް އުމުރެއްގެ ކުއްޖެކެވެ.