ރައީސް މުއިއްޒު ރައީސް އޮފީހުގައި ހިންގާފައިވާ ބަދުއަޚްލާގީ އަމަލުތަކަކާއި ގުޅިގެން އެވާހަކަ ތައް އާންމުވެގެން އެކަމުގައި ބައިވެރިވި އީޝާ ރައީސް މުއިއްޒު އޭނާއާއި އެކު ހިންގާފައިވާ ބަދުއަޚްލާގީ ޒިނޭގެ އަމަލުތަކުގެ ވާހަކަތައް ކިޔައިދީގެން އެކަން ޑޮކިޔުމެންޓްރީއެއް ގޮތުގައި އަދަދު ނޫހުން ގެނައި މައްސަލާގައި އަދަދު ނޫހުގެ ނޫސްވެރިން ހިފައި ހައްޔަރުކޮށް އަނިޔާވެރި ވަމުން ދާތީ ކުރަމުންދާ މުޒާހަރާ ކޮންމެ ރެއަކުވެސް ކުރިއަށް ގެންދިޔުމަށް ފުލުހުން އެދޭ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
ފުލުހުން މުޒާހަރާ ކުރިއަށް ގެންދިޔުމަށް އެދިފައި މިވަނީ މުޒާހަރާގެ ސަބަބުން މުއިއްޒުގެ ސަރުކާރު އަވަހަށް ނިމިދާނެ ކަމަށް ފުލުހުންގެ ތެރެއިން ގިނަ ބަޔަކަށް ގަބޫލު ކުރެވޭތީއާއި އަދި މިވަގުތު ޤައުމަށް އޮތް އެންމެ ހެޔޮ ގޮތަކީ މުއިއްޒުގެ ވެރިކަން ނިމި ރަނގަޅު ވެރިކަމެއް ޤައުމަށް އައުން ކަމަށް އެފަރާތްތަކުންވެސް ދެކޭތީ ކަމަށް މައުލޫމާތު ދެއްވައެވެ.
މުއިއްޒުގެ އަނިޔާވެރި އަދި ވައްކަމާއި ދޮގުގެ މައްޗަށް ބިނާވެފައިވާ ވެރިކަމުގެ ސަބަބުން ޤައުމަށް ވަނީ އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ފޫނުބެދޭ ވަރުގެ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައެވެ. މި ގެއްލުންތައް ފުލުހުންނާއި ސިފައިންވެސް ދަނީ ތަހައްމަލު ކުރަމުންނެވެ. އަދި މިގެއްލުން ތަކަކީ ސީދާ މުއިއްޒުގެ އަމަލުތަކާއި ކޮރަޕްޝަނާއި ވައްކަމުގެ ނަތީޖާކަށް ފުލުހުންނަށް ވުރެ ބޮޑަށް އެނގޭނޭ ވަކި އިތުރު ބަޔަކު ނުހުންނާނެއެވެ.
އެހެންކަމުން ކޮންމެ ރެއަކު މަގުތައް ފުރާލައި ވީހާވެސް އަވަހަށް ސަރުކާރު މަޖިލީސް ތެރެއިން ބަދަލު ކުރުމަކީ މިއަދު ޤައުމަށް އޮތް އެންމެ ހެޔޮ ގޮތެވެ.