ޚަބަރު

ރައީސް މުއިއްޒުގެ އާއިލާ ސިންގަޕޫރުގައި އީދު އުފަލުގައި - ޤާނޫނުން ލިބިފައިވާ މުޒާހަރާ ކުރުމުގެ އަސާސީ ހައްޤު ބޭނުންކުރުމުން 2 ރައްޔިތަކު އަދިވެސް ޖަލުގައި

ރަފްޝާ އަހްމަދު
ރައީސް މުއިއްޒުގެ އާއިލާ ސިންގަޕޫރުގައި އީދު އުފަލުގައި - ޤާނޫނުން ލިބިފައިވާ މުޒާހަރާ ކުރުމުގެ އަސާސީ ހައްޤު ބޭނުންކުރުމުން 2 ރައްޔިތަކު އަދިވެސް ޖަލުގައި

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އަދި ދަރިކަލުންނާއި ދަރިކަނބަލުން މިވަގުތު ސިންގަޕޫރުގައި ތިއްބެވިކަން ކަށަވަރުވެއްޖެ އެވެ. އާއިލީ ޗުއްޓީއެއްގައި ރައީސް ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހު ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް، މި ދަތުރަކީ އާއިލީ މައްސަލަތައް ހައްލުކޮށް އަންހެން ދަރިފުޅާއި އެކު ވަގުތު ހޭދަކުރަން ކުރި ދަތުރެކެވެ.

މުއިއްޒުގެ އާއިލާ އުފާ ފާޅު ކުރަމުން ދަނީ ނޫސްވެރިންގެ ހައްޤުތަކަށްޓަކައި މުޒާހަރާ ކުރި ދެ މީހަކު ޖަލުގައި ބަހައްޓައިގެންނެވެ. ޝާމިން އާއި މުސްތަފާ ވަނީ ޖަލު ގޮޅީގައެވެ. އެއްވެސް ކުށެއް ނެތިއެވެ. އަނިޔާވެރި ވުމަކީ މިއީއެވެ.

މުއިއްޒު ސިންގަޕޫރަށް ގޮސްގެން އުޅޭނީ މުއިއްޒުގެ އަމަލުތަކުގެ ސަބަބުން އަންހެން ދަރިކަލުންގެ ކިޔެވުމަށް އެއިން އަސަރު ކުރާތީ ކަމަށް ވެއެވެ.