ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ޏ. ފުވައްމުލަކަށް ނިސްބަތްވާ ބޭކަނބަލަކާ ދެއަންބަށް ކައިވެނިބައްލަވައިގެންފިއެވެ.
މިކަމާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، މި ކައިވެނި ކުރެވިފައިވަނީ ފާއިތުވި ރޯދަމަހުއެވެ. ނަމަވެސް މި ކައިވެނީގެ ހަފުލާއާ ގުޅޭ ގޮތުންނާއި، ކައިވެނި ބައްލަވައިގަތް ބޭކަނބަލާ ގުޅޭ ރަސްމީ އެއްވެސް މައުލުމާތެއް އަބުދުއްރަހީމްގެ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ. އަބުދުއްރަހީމްގެ އާއިލާގެ ގާތް ބޭފުޅުންނާއި ބައެއް ސިޔާސީ އެކުވެރިން ވަނީ މި ކައިވެންޏަށް މަރުހަބާ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ އަބްދުއްރަހީމް އަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވަރަށް ފާހަގަކޮށްލެވޭ، އަދި ގިނަ ބައެއްގެ ތާއީދު އޮތް ބޭފުޅެކެވެ. އެހެންނަމަވެސް އަބުދުއްރަހީމްގެ ތާއީދަށް ހަސަދަވެރިވެ މުއިއްޒު ވަނީ މި ސަރުކާރުގެ ސިޔާސީ ހަރަކާތްތަކުން އަބުދުއްރަހީމް އެކަހެރިކޮށްފައެވެ.
އަބްދުއްރަހީމްގެ ފުރަތަމަ އަނބިކަނބަލުންނާއެކު އެމަނިކުފާނަށް ވަނީ ބޮޑު އާއިލާއެއް ލިބިވަޑައިގެންފައެވެ. އަދި އެ އާއިލާގެ ބައެއް ބޭފުޅުންވެސް އަންނަނީ ސަރުކާރުގެ އެކި މަގާމުތަކުގައި ޚިދުމަތް ކުރައްވަމުންނެވެ. އެގޮތުން އަބުދުއްރަހީމްގެ ދޮށީ ދަރިފުޅު ފައިސަލްވަނީ ރައީސް މުއިއްޒުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރުކަން ކުރައްވާފައެވެ. އެހެންނަމަވެސް ފައިސަލް ވަރަށް އިޚްލާސްތެރިކަމާއެކު ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވަނިކޮށް ރައީސް މުއިއްޒު ވަނީ ވަރަށް އިހާނާތްތެރިކޮށް އޭނާ މަގާމުން ދުރިކޮށް ދުނިޔެއަށް ބޭޒާރު ކޮށްލައްވާފައެވެ/