ސާޖިދާގެ އަމުރަށް އީޝާގެ ޕާސްޕޯޓް ހިފަހައްޓާފިއެވެ. އީޝާ އާއި މެދު ތުހުމަތު ކުރަނީ އައިޝާގެ ނަމުގައި އަދަދު ނޫހަށް އިންޓަވިއު އެއް ދިން މައްސަލަ ކަމަށް މައުލޫމާތު ލިބެއެވެ.
ދިޔަވަރު ނޫހަށް އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަދަދު ނޫހުގެ އެއްވެސް ފަރާތެއްގެ ޕާސްޕޯޓް އަދި ހިފަހައްޓާފައެއް ނުވެއެވެ.
އަދަދު ނޫހަށް ދިން އިންޓަވިއު ގައި ރައީސް މުއިއްޒު "އައިޝާ" އާއި ލޯބީގެ ގުޅުން ބާއްވައިގެން ރައީސް އޮފީހުގައި އެ ގުޅުން ހިންގި ކަމަށް އަދި އެލް ސޯފާގައި ސެކްސް ކުރި ކަމަށް އެ އިންޓަވިއު ގައި ވާހަކަ ދެއްކި ފަރާތުން ހާމަ ކުރިއެވެ.
މިއީ ރައީސް އޮފީހުގައި ރައީސް މުއިއްޒު ހަމަ އެކަނި ގުޅުން ހިންގި ފަރާތް ނޫން ކަމަށް ބުނެ މިހާރު އިތުރު ޚަބަރުތައް ވެސް މާލެތެރޭ ދަނީ ފެތުރެމުންނެވެ.
ރައީސް މުއިއްޒު ގުޅުން ބާއްވާ ފަރާތްތައް ސާޖިދާއަށް ހާމަވާ ހިސާބުން، އެ މީހެއްގެ ވަޒީފާއިން އެމީހަކު ވަކިކޮށް އަނިޔާވެރިކަން އިސްކުރާކަން ދަނީ ފާހަގަ ކުރަމުންނެވެ. ރައީސް މުއިއްޒު އާއި ގުޅުން އޮތް ފަރާތެއް ސިހުރު ހެދިކަމަށް ބުނެ މީގެ ކުރިން ވަނީ ކުޑަ ކުއްޖެއް އޮއްވައި އަންހެނަކު ޖަލަށްވެސް ލާފައެވެ.