ޚަބަރު

ރޭގައި މުއިއްޒު ހެދި ދޮގުތަކަށް - ކިތަންމެ ދޮގެއް މުއިއްޒު ހެދިޔަސް ތެދެއް ނުފޮރުވޭނެ: އީޝާ

ރަފްޝާ އަހްމަދު
ރޭގައި މުއިއްޒު ހެދި ދޮގުތަކަށް - ކިތަންމެ ދޮގެއް މުއިއްޒު ހެދިޔަސް ތެދެއް ނުފޮރުވޭނެ: އީޝާ

ރޭގައި ރައީސް މުއިއްޒު އެމަނިކުފާނުގެ ސިޔާސީ މުއައްޒަފުންނާއި ބައްދަލު ކުރުމަށް ބޭއްވި ޖަލްސާގައި، އެމަނިކުފާނާއި، އީޝާއާއި ދެމެދުގައި ހިނގާފައިވާ ލޯބީގެ ގުޅުމާއި ގުޅުވައި ވަނީ ގިނަ ދޮގު ތަކެއް ހަދާފައެވެ. އެކަން ނުވާކަމަށް ދެއްކުމަށް ގިނަ ދޮގުތަކެއް ހެދި ނަމަވެސް ސަރުކާރު ހުރިހާ މުއައްޒަފުންނަށް އެކަން ހިނގާފައިވާކަން ޝައްކެއް ނެތް މިންވަރަށް އެނގެއެވެ.

ބައެއް މީހުން ސްޓޭޖަށް އަރާ، ހަގީގަތަކީ "ދޮގެއް" ކަމަށް ބުނެވިދާނެ... ނަމަވެސް އެކަން ތަހައްމަލުކުރި މީހާގެ ހައިސިއްޔަތުން، ހަގީގަތް އެނގޭ، އަދި ފަރުދާގެ ފުރަގަހުގައި އެކަން ފޮރުވަން އުޅުނު މީހުން ވަރަށް ރަނގަޅަށް އެނގޭ
ދޮގުތަކަށް އަތް ޖަހާފާނެ މިއަދު، މިކަން ފޮރުވުމުގެ މަސައްކަތް ކިތަންމެ ފޯރިއާއެކު ކުރިއަށްދިޔަޔަސް، ކިތަންމެ ގިނަ ދޮގުތަކަކުންވެސް ހަގީގަތް ދާއިމީގޮތަކަށް ފޮރުވައެއް ނުލެވޭނެ.

އީޝާ މިހެން ލިޔެ ވަނީ ޓްވީޓް ކޮށްފައެވެ.

ރައީސް މުއިއްޒު އިޝާ އާއި އެކު ޒިނޭ ނުކުރާ ކަމަށް ބުނެ ވާހަކަ ދެއްކިއަސް އެއީ އެއްވެސް މީހަކު ރާއްޖޭގައި ގަބޫލު ކުރާ ވާހަކައެއް ނޫނެވެ.