ޚަބަރު

ނައިބު ރައީސް ސެމްބެ އިސްތިއުފާ ދިނުމަށް މުއިއްޒު ދަނީ މަޖުބޫރު ކުރުވަމުން، ނައިބު ރައީސްކަމަށް ދެން އަންނާނެ ކަމަށް ބެލެވެނީ ސާޖިދާ!

ރަފްޝާ އަހްމަދު
ނައިބު ރައީސް ސެމްބެ އިސްތިއުފާ ދިނުމަށް މުއިއްޒު ދަނީ މަޖުބޫރު ކުރުވަމުން، ނައިބު ރައީސްކަމަށް ދެން އަންނާނެ ކަމަށް ބެލެވެނީ ސާޖިދާ!

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިހާރު އެންމެ ބޮޑަށް ދެކެވެމުންދާ އެއް ވާހަކައަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް (ސެމްބެ) މަޤާމުން އިސްތިއުފާ ދެއްވުމަށް މަޖުބޫރުކުރައްވަމުން ގެންދަވާ ކަމަށް ބުނެ ފެތުރެމުންދާ އަޑުތަކެވެ.

ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، ނައިބު ރައީސް ކަމުގެ މަޤާމު ހުސްވެއްޖެނަމަ، ދެން އެ މަޤާމަށް އައްޔަންކުރެއްވުން އެންމެ ގާތީ ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އެވެ. މި ވާހަކަތައް މިގޮތަށް ފެތުރެމުންދާއިރު، ސަރުކާރުގެ އެތެރޭގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

މިކަމާ ގުޅިގެން ބައެއް މުޙައްލިލުން ބުނަމުންދަނީ، ދާދި ފަހުން ރައީސް މުޢިއްޒު ކެބިނެޓަށް ގެންނެވި ބޮޑެތި ބަދަލުތަކަކީ މި މަސައްކަތުގެ ފެށުން ކަމުގައެވެ. ކެބިނެޓަށް ގެނެވުނު ކުއްލި ބަދަލުތަކަކީ ސަރުކާރުގެ އެތެރޭގެ ބާރުތައް އަލުން އަތުރާލައި، ކުރިއަށް އޮތް ތަނުގައި ގެންނަން ރާވާފައިވާ ބޮޑެތި ސިޔާސީ ބަދަލުތަކަށް މަގުފަހިކުރުމުގެ ގޮތުން އެޅުނު ފިޔަވަޅެއް ކަމަށް ބެލެވޭ ކަމަށް އެ ފަރާތްތަކުން ތުހުމަތުކުރެއެވެ.

އެހެންނަމަވެސް، މިއީ މިވަގުތު ސިޔާސީ ދާއިރާގައި ދެކެވެމުންދާ ވާހަކަތަކެއް ކަމަށްވާއިރު، ނައިބު ރައީސްގެ އިސްތިއުފާއާ ގުޅޭގޮތުންނާއި، މަޤާމަށް ގެންނަވާނެ ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ ފަރާތަކުން މިހާތަނަށް އެއްވެސް ބަހެއް ހާމަކޮށްފައެއް ނުވެއެވެ.