މުއިއްޒު އުމްރާ ކުރައްވަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އާންމު ކުރައްވައިފިއެވެ. ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު މިސްކިތަށް ނަމާދަށް ގޮސް މީހުން ލައްވާ ފޮޓޯ ނަގުވައި އޭރުވެސް މުއިއްޒު ވަނީ މަގުބޫލު ކަން ހޯދުމަށް ފޮޓޯ ލާފައެވެ.
ރައީސް ސޯލިހުވެސް އަދި ރައީސް ޔާމީންވެސް ވަނީ މީގެ ކުރިން އުމްރާއަށް ވަޑައިގެންފައެވެ، ނަމަވެސް މިއިން އެއްވެސް ރައީސް އެއް އަމިއްލަ ފުޅަށް ގެފުޅަށް ބޮޑެތި ކެމެރާ ވައްދައި 1200mm ގެ ލެންސް ލައްވައިގެން ފޮޓޯ ނަގައި މީހާގެ ހުރި ދީން ވެރިކަމާއި، މުގައްދަސުކަން ދައްކަން ނޫޅެއެވެ.
އަޅުކަން ކުރަނީ މާތް ރަސްކަލާންގެ އަށެވެ. ރައްޔިތުންނަށް ދައްކައި ސްނެޕްކޮށް، ޕްރޮމޯޝަނަށް ހިންގާ ހުރިހާ އެކައުންޓަކުން އެ ފޮޓޯތައް ޝެއަރކޮށް، ގްރޫޕްތަކަށް ލައި، ލައިކް ދިނުމަށް އަންގައިގެންނެއް ނޫނެވެ.
ރައީސް މުއިއްޒު ވަނީ މީގެ ކުރިން އެތައް ހާސް ރައްޔިތުންގެ ކުރިމަތީ ދޮގު ހުވާ ކުރުމަށް ހަތިމު ހޯދާފައެވެ. އެއީ ބޭއްވި ޕްރެސް އެއްގައި ތިމަންނާ ސްޕްރީމް ކޯޓަށް ނުފޫޒު ނުފޯރުވާ ކަމަށް ބުނެއެވެ. މީގެ އިތުރުން މުއިއްޒު އިން ޖަލްސާއެއްގައި ކީރިތި ޤުރުއާން ކިޔެވުމަށް ރަށެއްގައި އެރި މީހަކު ގުރުއާނުގެ އާޔަތެއް ކިޔުމުން އެއިން ބައެއް ކަނޑައިގެން ޓީވީއިން ދެއްކީ ދޮގު ހެދުމާއި ގުޅޭ އާޔަތެއް ކިޔުމާއި ގުޅިގެންނެވެ. މީގެ އިތުރުން ރަށްރަށަށް ވަޑައިގަންނަވާއިރު ބައެއް ރަށްރަށުގައި ވަކި އާޔަތް ތައް ނުކިޔުމަށް ރައީސް އޮފީހުން އަންގާ ކަމަށް މީގެ ކުރިން ރަށްރަށުން ރިޕޯޓް ކޮށްފައިވެއެވެ.
ރައީސް މުއިއްޒު އަކީ މުޅި އޭޝިޔާގައި ފާއިތުވި ބައި ގަރުނުގައި ފާޅުވި އެންމެ ދޮގު ހަދާ ރައީސްއެވެ. މީގެ އިތުރުން ވައްކަމާއި، ރިޝްވަތު ދިނުމާއި، ވަޒީފާ ރިޝްވަތުގެ ގޮތުގައި ދިނުމުގައިވެސް ހުންނެވީ ހައްދު ފަހަނައަޅާފައެވެ. މީގެ އިތުރުން އަދަދު ނޫހުން ގެނައި އިންޓަވިއު އެއްގައި "އައިޝާ" ކިޔާ އަންހެން ކަބަލެއް ވަނީ މުއިއްޒު އަށް ޒިނޭގެ ތުހުމަތުވެސް އަމާޒު ކޮށްފައެވެ.