ސްރީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ދިސާނާޔަކެ، ވެސްޓް އޭޝިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސްރީ ލަންކާއަށް ތެލުގެ ލިބުމުގައި ދިމާވި ދަތިތަކުގައި އިންޑިއާއިން ކުރު މުއްދަތެއްގެ ތެރޭގައި ވީ އެހީތެރިކަން ފާހަގަކުރައްވާ، އިންޑިއާ އަށް ޝުކުރު އަދާކޮށްފިއެވެ.
ރައީސް ދިސާނާޔަކެ ވިދާޅުވީ، މީގެ ދުވަސްކޮޅެއް ކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވާހަކަ ދައްކަވާފައިވާ ކަމަށާއި، އެ ވާހަކަތަކުގެ ނަތީޖާކޮށް 38,000 މެޓްރިކް ޓަނުގެ ތެޔޮ ކޮލަމްބޯއަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އިންޑިޔާއިން ފޯރުކޮށްދިން ތެލުގެ ސަބަބުން ސްރީ ލަންކާގެ އިގްތިސާދީ ހާލަތާއި އާންމު ދިރިއުޅުމުގެ ކަންތައްތައް ހަމަ މަގަށް އެޅުވުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ގަބޫލު ކުރެވެއެވެ.
އިތުރަށް، ރައީސް ދިސާނާޔަކެ އިންޑިއާގެ ފޮރިންގ މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރަށް ވެސް ޝުކުރު އަދާކުރައްވާފައިވެ އެވެ. މި މަސައްކަތްތަކުގައި އިންޑިއާގެ ސަރުކާރުގެ އިދާރާތަކާއި ސްރީ ލަންކާގެ އިދާރާތަކާ ދެމެދު ގުޅުން ބަދަހިކޮށް، ގާތުން މަސައްކަތް ކުރުމުގެ ސަބަބުން މި އެހީތެރިކަން ކާމިޔާބު ވެގެން ދިޔަކަމަށް ލައްކާގެ ރައީސް ފާހަގަކުރައްވާފައިވެ އެވެ.
ސްރީ ލަންކާއާއި އިންޑިއާގެ ގުޅުން ބަދަހި ކުރުމުގައި މި ފަދަ އެހީތެރިކަން މުހިމު ދައުރެއް އަދާކުރާނެ ކަމަށް ވެސް ރައީސް ދިސާނާޔަކެ ވިދާޅުވި އެވެ. އިންޑިއާ އިން ލަސް ނުކުރައްވައި ވަގުތުން ވެދިން އެހީތެރިކަމަކީ ދެ ގައުމާ ދެމެދު އޮންނަ ތާރީހީ ގުޅުމާއި އިންޑިޔާއިން ސަރަހައްދީ ގުޅުމަށް ދޭ އިސްކަަން ކަމަށް ސިޔާސީ ފަރާތްތަކުން ފާހަގަކުރެއެވެ.
ސަރަހައްދީ ޤައުމުތައް އެއްޤައުމު އަނެއް ޤައުމާއި ގުޅުން ބަދަހި ކޮށްފައިވާއިރު، ރައީސް މުއިއްޒު ވަނީ އިންޑިޔާއާއި، ލަންކާއާއި، އަދި ދެކުނުން މޮރިޝަސް އާއި ޖެހިގަނެފައެވެ.